twitterviber whatsapp telegramfacebookyoutube instagram
1st August 2026

ރިފަރަންޑަމް އިން ނާކާމިޔާބުވީ ކެމްޕެއިން ނުކުރެވުނީމަ: ރައީސް

Apr 19, 2026

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ރެފަރަންޑަމް އިން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕެއިން ޓީމުތަކަށް އެވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭޕްރިލް 4 ގައި ބޭއްވި އިންތިހާބުތަކުން ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގެއްލުމެއް ނެތް ހުސް ފައިދާތައް ހުރި ކަމަކަށްވީ ނަމަވެސް އެހާ ސާފުކޮށް އޮތް މައްސަލައެއް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި އެކަން ކިޔައި ދެވިފައި ނުވާ ކަމަށެވެ.

އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ސަބަބުތައް ބެލިއިރު ކެމްޕެއިން ޓީމުތަކުން އެކަމަށް އެކަށީގެންވާ މަސައްކަތް ނުކުރާ ކަން ފާހަގަވި ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުން ބޮޑަށް ބަލައިގަތީ އިދިކޮޅު ފަރާތްތަކުން އެކަމާ ގުޅޭ ގޮތުން ފަތުރަމުން އައި ދޮގުތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ރައްޔިތުން އެ އޮތީ ގޮތް ނިންމާފައި، ދެން ދާނީ ރައްޔިތުން ނިންމި ގޮތަށް ކުރިޔަށް." ރައީސް ވިދާޅުވި އެވެ.

ނިމިދިޔަ ރެފަރަންޑަމްގައި ދެ އިންތިހާބު އެއްކޮށް ބާއްވަން ފެންނަ ކަމަށް ވޯޓު ދިނީ ވޯޓުގައި ބައިވެރިވި 31 ޕަސެންޓު މީހުންނެވެ. އަދި ނުފެންނަ ކަމަށް 69 ޕަސެންޓު ވޯޓު ދިނީ އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355