ޖަޕާނުގެ އުތުރުގެ ސަރަހައްދަކަށް ހޯމަ ދުވަހު ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭ.އެމް.އޭ) އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބިންހެލުމާ ގުޅިގެން ތިން މީޓަރު (ދިހަ ފޫޓު) ގެ އުސްމިނުގެ ސުނާމީ ރާޅުތަކެއް އަރާފާނެ ކަމަށް ލަފާކޮށް މިހާރު ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.
— Maldives Meteorology (@MetMaldives) April 20, 2026
މެޓް އޮފީހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ބިންހެލުން އައީ ޖަޕާނުގެ އާބާދީ ބޮޑު 'ހޮންޝޫ އައިލެންޑް' އަށެވެ. މިއީ ޕެސިފިކް ކަނޑާއި ޖަޕާން ކަނޑާ ދެމެދުގައިވާ ސަރަހައްދެކެވެ. މިއީ ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު ރަށެވެ.
އެއީ މާލެއާއި 7،955 ކިލޯމީޓަރު ދުރެވެ. މި ބިންހެލުން އަރާފައި ވަނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:52 ހާއިރު 7.5 މެގްނިޓިއުޑް ބާރުމިނުގައެވެ.
ނަމަވެސް މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.