twitterviber whatsapp telegramfacebookyoutube instagram
29th April 2026

ރީޖަނަލް ލީގުގެ ކޮލިފައިންގެ ޒޯން 1 ގެ ޗެމްޕިއަންކަން ހަނިމާދޫއަށް

މުޙައްމަދު އަހުމަދު
Apr 28, 2026

މިހާރު ކުރިއަށްދާ އެފްއޭއެމް ރީޖަނަލް ލީގުގެ އުތުރު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1 ގެ ފައިނަލުގައި ހއ. ދިއްދޫ ބަލިކޮށް ޒޯން ތަށި ހަނިމާދޫއިން ހިއްލާލައިފި އެވެ.

މިއަދު ދިއްދޫގައި ކުޅެވުނު މި ފައިނަލް މެޗު ހަނިމާދޫއިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 8 - 6 ން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ ފުރިހަމަ ވަގުތު ހަމަވީއިރު ދެޓީމު 3 - 3 ން އެއްވަރުވެފައި އޮތުމުންނެވެ.

މެޗު ފެށިގެން ގިނައިރުތަކެއް ނުވެ މެޗުގެ ވަރަށް ކުރީކޮޅު ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ބެނާޑް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ދިއްދޫގެ ލަނޑަށްފަހު ހަނިމާދޫއިން އިތުރަށް ކުޅުން ވަރުގަދަކުރިއިރު އެޓީމުގެ ސިފާން ހަސަން ވަނީ 20 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިފާން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ އޮއިވަރު ބަދަލުކޮށްލާ ހަނިމާދޫއަށް ލީޑުވެސް ނަގައިދިނެވެ.

ފުރަތަމަ ހާފު ނިމިގެންދިޔައީ 2 - 1 ން ހަނިމާދޫ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ދިއްދޫއިން އިތުރު ދެލަނޑު އަދި ހަނިމާދޫއިން ޖެހި ލަނޑާއެކު ނަތީޖާ އެއްވަރުވުމުން މެޗު ޕެނަލްޓީއަށް ގޮސް 8 - 6 ން މެޗު ކާމިޔާބުކުރީ ހަނިމާދޫއިންނެވެ.

ޒޯން ކޮލިފައިން ބުރުގެ ފައިނަލަށް ހަނިމާދޫ ދަތުރުކުރީ ދިއްދޫއާ އެއްވަރުކޮށް ކުޅުދުއްފުށި ބަލިކޮށްގެންނެވެ. ދިއްދޫ ފައިނަލަށް ދިޔައީ ކުޅުދުއްފުށީގެ މައްޗަށް ކުރިހޯދާ ހަނިމާދޫއާ އެއްވަރުކޮށްގެންނެވެ. މިމުބާރާތުގެ ނޯތު ރީޖަން ލީގުގައި ވާދަކުރާނީ ދިއްދޫއާ ހަނިމާދޫގެ އިތުރުން ނ. މަނަދޫ އަދި ބ. އޭދަފުއްޓެވެ. މި ބުރު ކުރިއަށްދާނީ އޭދަފުށީގަ އެވެ.

މިމުބާރާތަކީ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން ކުރިއަށް އޮތް 26/27 ދިވެހި ޕްރިމިއާ ލީގު ސީޒަނަށް ކޮލިފައިވުމުގެ ގޮތުން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355