ސަރުކާރުން ކެބިނެޓަށް ގެނައި ބަދަލާއެކު ހުވާ ކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްވީ 70 އަށް ވުރެ ގިނަ މެންބަރުންގެ ވޯޓުންނެވެ. ބައެއް ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވި އެވެ.
ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ވަޒީރުންގެ ނަންތައް
- - ދިފާޢީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު
- - މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
- - ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
- - ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް
- - ތައުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު
- - ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ
- - އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
- - މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް
- - އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
- - ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
- - ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު
- - ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
- - ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބް
- - މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް
ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމްގެ ނަތީޖާ އަށް ފަހު ކުއްލި ގޮތަކަށް ރައީސް މި ބަަދަލުތައް ގެންނެވީ މި މަހު 14 އަދި 15 ވަނަ ދުވަހު އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނަވަން ނިންމެވި ސަބަބަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކުރުމަށެވެ.