twitterviber whatsapp telegramfacebookyoutube instagram
5th May 2026

އަތޮޅު ކައުންސިލްތައް އަނބުރާ ޣެންނަން ހުށަހެޅި އިސްލާހު މަޖިލީހުން ބޭރު

May 5, 2026

އަތޮޅު ކައުންސިލްތައް އަނބުރާ ގެންނަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބޭރު ކޮށްލަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

ޑިސެމްބަރު 1، 2025 ގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ގާނޫނުއަސާސީ އަށް ހުށަހަޅައި މިހާރު ތަސްދީގު ކޮށްފައިވާ އިސްލާހުގެ ސަބަބުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވުމާއެކު އަތޮޅު ކައުންސިލްތައް އުވޭނެ އެވެ.

ނަމަވެސް ނިމިދިޔަ ކައުންސިލް އިންތިހާބުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އަތޮޅު ކައުންސިލްތައް އެ އޮތްގޮތަށް ބާއްވަން އިސްލާހެއް ހުށަހަޅައިފަ އެވެ.

އެ އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި 45 މެންބަރުން ވޯޓު ދެއްވީ އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށެވެ. ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ އަށް މެންބަރެކެވެ.

އެހެންވެ ބިލު އިތުރަށް ދިރާސާ ކުރުމަށް ނުފޮނުވާ މަޖިލީހުން ބޭރު ވެއްޖެ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

އެ ބިލު ހުށަހަޅުއްވަމުން ކުޑޫ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށާއި އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމުގައިވާ އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށެވެ.

އެހެންވެ، ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމް ހިންގުމުމަށްޓަކައި އަތޮޅު ކައުސިލްތައް އުވާނުލައި ކުރިން އޮތް ގޮތަށް އަނބުރާ ރުޖޫއަކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހުކުރުމަށް ހުށަހަޅާ ކަމަށް

އެހެންވެ ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމް ހިންގުމުމަށްޓަކައި އަތޮޅު ކައުސިލްތައް އުވާނުލައި ކުރިން އޮތް ގޮތަށް އަނބުރާ ރުޖޫއަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355