twitterviber whatsapp telegramfacebookyoutube instagram
8th May 2026

ރިޔާސީ ވައުދަކީ ހާލަތާ ގުޅިގެން ބަދަލުވާނެ އެއްޗެއް: މުންދު

ނަބީލާ އިސްމާޢީލް
May 7, 2026

އެ އިރެއްގައި އޮންނަ ހާލަތަކަށް ބަލާފައި ވަޢުދުތަކަށް ބަދަލު ގެންނާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް(މުންދު) ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޕްރެސާ ވިތް ސްޕޮކްސް ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތައް އާންމުކޮށް ފެންނަން ހުންނާނެ ކަމަށާއި އެ ވައުދުފުޅުތަކަކީ ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެވަޑައިގެންފައިވާ ވައުދުފުޅުތަކެއް ކަމަށްވާއިރު، އަމަލީ މައިދާނަށް ނުކުމެ ހާލަތަށް ބަލައި ބައެއް ކަންކަން މުރާޖައާކުރަން ޖެހޭ ކަމަށް މުންދު ވިދާޅުވި އެވެ.

އެގޮތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ އިންތިޤާލީ މަރުހަލާގައި ރައީސް ހާމަކުރެއްވި އަމާޒެއް ކަމަށް މުންދު ވަނީ މިއަދުވެސް ތަކުރާރު ކުރައްވާފަ އެވެ.

"ވައުދަކަށް މިވަނީ އަޅުގަނޑުމެން ސަރުކާރަށް އައިސްފައި، ސިޗުއޭޝަންއަށް ބަލާފައި.. އަނެއްކާ ބައެއް ވަޢުދުތައް ހުންނާނެ އަޅުގަނޑުމެން ރިވައިސް ވެސް ކޮށްފައި ބޭސްޑް އޮން ސިޗުއޭޝަން. އެމްބިޝަސް ވެސް ކޮށްފައި ހުންނާނެ ބައެއް ކަންކަން. 700 އަކީ އޭރުގައި ނެރުނު ފިގާއެކޭ. ވަޢުދުތަކުގެ ގޮތުގައި ހުރިހާ ވަޢުދެއް ހުންނާނެ ލިސްޓްކުރެވިފައި،" މުންދު ވިދާޅުވި އެވެ.

މީގެ އިތުރުން، މުންދު ވަނީ ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު ތިން ބައިކުޅަ އެއްބައި މަދުކުރުމަށް އަންގަވާފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355