twitterviber whatsapp telegramfacebookyoutube instagram
11th May 2026

ބޭރަށް ފުރާ ދިވެހިންނަށް 1،000 ޑޮލަރު ނުދެވުނީ ހަނގުރާމައިގެ ސަބަބުން: ރައީސް

ނަބީލާ އިސްމާޢީލް
May 11, 2026

ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް އެ އަދަދު 1,000 ޑޮލަރަށް އިތުރު ނުކުރެވުނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް އެ އަދަދު 1,000 ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ. މިކަންކަންކަމަކީ ޤާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި، ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަން. " 2025 ވަނަ އަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރާއްޖޭން ފުރާ ދިވެހިންނަށް ލިބޭ 500 ޑޮލަރު އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރުވެސް 1،000 ޑޮލަރަށް އިތުރުވެފައި ނުވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

ރައީސް ވިދާޅުވީ އެ ބަޔާންއިއްވިއިރު މެދުއިރުމަތީގެ ހަނގުރާމަ ފަށާނެކަން އެނގިނުލައްވާކަމަށެވެ.

"2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވިއިރު ނޭނގޭ 2026 ވަނަ އަހަރުގެ ފެބްރުއަރީ 28ގައި މެދުއިރުމަތީގައި ހަނގުރާމައެއް ފެށޭނެ ކަމެއް. އެއީ ވީ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަނގުރާމައާ ގުޅިގެން އެމްއެމްއޭ އިން ހިސާބު ހަދަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355