މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ އިދާރާ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ނާޒިމްގެ ވަކި ކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމާފައިވާ އިރު ވަކި ކުރާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް އިއްޔެގެ ވަގުތެއްގައި އެ ޕާޓީގެ ވަޓްސްއެޕް ގްރޫޕްތަކުން އޭނާ ބޭރު ކުރި އެވެ. އަދި އިތުބާރު ނެތް މައްސަލަ އަށް ބޭނުންވާ ސޮއި ހަމަ ކުރި އެވެ.