twitterviber whatsapp telegramfacebookyoutube instagram
14th May 2026

ތަރައްގީގެ މަޝްރޫއުއެއް ނުހިނގާ އެންމެ ރަށެއް ވެސް ނޯންނާނެ: މުންދު

ނަބީލާ އިސްމާޢީލް
May 14, 2026

ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުއެއް ނުހިނގާ އެންމެ ރަށެއްވެސް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ކޮންމެ ހަފުތާއަކު ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްދާ ކަމަށާއި ބައެއް ރަށްތަކުގައި އެއް މަޝްރޫއުއަށް ވުރެ ގިނަ މަޝްރޫއުތައް ވެސް ހިނގަމުންދާއިރު، ބައެއް ރަށްތަކުގައި ބައިވަރު މަޝްރޫއުތައް އެކި ހިސާބުތަކަށް ގޮސްފައިވާ ކަމަށެވެ.

ރާއްޖެއިން ނަގާފައިވާ ލޯނަކާއި ގުޅިގެން ތަރައްޤީއާއި ގުޅުންހުރި އެއްވެސް މަޝްރޫޢެއް ހުއްޓުމެއް ނާންނާނެ ކަމަށާއި އަދި ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މާލީ ހާލަތާއި އިޤްތިސާދު ހަރުދަނާކުރުމަށް މަސައްކަތް ކުރުންކަ މަށެވެ. އަދި އެކަމުގައިވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް މަޝްރޫޢަކަށް އަޅުގަނޑުމެން މިދައްކާ ލޯނަކުން ނޫނީ ދަރަނި އަދާކުރުމުގެ ސަބަބަކުންނެއް ހުއްޓުމެއް ނޫނީ ލޮޅުމެއް ނާންނާނެ. އަޔަސް އަންނާނީ ކޭޝް ފްލޯގެ ސަބަބުން،" މުންދު ވިދާޅުވި އެވެ.

ތަރުޖަމާނު ވިދާޅުވީ، ހުރިހާ ޚަރަދުތަކެއް ފުއްދަނީ ސަރުކާރުގެ ކޭޝް ފްލޯއިން ކަމަށެވެ. އެކި ހާލަތްތަކަށް ކޭޝް ފްލޯއަށް ބަދަލުތައް އަންނަ ކަމަށާއި އެހެންވެ ކުރިއަށް ދަނީ އެންމެ ޒިންމާދާރުކޮށް ބޭނުންތެރި ގޮތުގައި ކަމަށް މުންދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ހޯމަ ދުވަހުގެ ވަނީ ދައްކައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355