twitterviber whatsapp telegramfacebookyoutube instagram
17th May 2026

އަލަށް އިންތިޚާބުވީ ކައުންސިލަރުން އަހުލުވެރިކުރުވަން ސެޝަންތަކެއް ބާއްވައިފި

ނަބީލާ އިސްމާޢީލް
May 17, 2026

އަލަށް އިންތިހާބުވީ ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން މަގާމަށް އަހުލުވެރިކުރުވުމަށްޓަކައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ސެޝަންތަކެއް ބާއްވައިފިއެވެ.

އެލްޖީއޭއިން ބުނީ، މި ސެޝަންތަކުގެ މަގުސަދަކީ މުޅިން އަލަށް އިންތިހާބުވީ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކަށް އިންތިހާބުވީ މެންބަރުން މަގާމަށް އަހުލުވެރިކުރުވައި، ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ ދައުރާއި ޒިންމާތައް އަންގައިދީ، ކައުންސިލުތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

މި ޕްރޮގްރާމުގައި ލާމަރުކަޒީ ނިޒާމާއި، އެ ނިޒާމުގެ ގާނޫނީ އޮނިގަނޑާއި، އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި، ކައުންސިލަރުންގެ ދައުރާއި، ތަރައްގީއަށް ރޭވުމާއި، ރައްޔިތުންގެ ބައިވެރިވުން ހޯދުމާއި، ކައުންސިލުގެ އިދާރީ ހިންގުމާއި، މާލީ އިންތިޒާމުތަކާއި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގާއި، ޑިޖިޓަލް ގަވަނަންސާއި, ޕަފޯމަންސް މެނޭޖްމަންޓް ނިޒާމާއި، ހެޔޮ ހިންގުމާގުޅޭ މުހިއްމު މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް، އެލްޖީއޭއިން ބުންޏެވެ.

މި މަހު 10 ން 14ގެ ނިޔަލަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް (އެމްއައިއެލްޖީ) އާ ގުޅިގެން ބޭއްވި އޮންލައިން ސެޝަންތަކުގައި، 174 ކައުންސިލަކާއި އަންހެނުންގެ ކޮމިޓީތަކުގެ 166 މެންބަރުންނާއި ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ ތެރެއިން 74 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.

އެލްޖީއޭއިން ބުނީ، އެހެން ދައުރުތަކާ ހިލާފަށް، މިދައުރު ހުވާކުރާ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން މަގާމުގެ ހުވާކުރާނީ މަސްއޫލިއްޔަތުތައް ފުރިހަމައަށް އެނގިގެން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355