ކުޅުދުއްފުށީ ސިޓީގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ފިރާޝާ އިބުރާހިމް އިންތިހާބުކުރައްވައިފި އެވެ.
ފިރާޝާ އެ މަގާމަށް އިންތިހާބުކުރެއްވީ މިއަދު މެންދުރުފަހު ބޭއްވި އެ ކޮމެޓީގެ ފުރަތަމަ އާންމު ބައްދަލުވުމުގައި އެވެ.
އެ ކޮމެޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބޭއްވި އެ ބައްދަލުވުމުގައި އެކަމަށް ހުޅުވާލުމުން ނައިބު ރައީސްގެ މަގާމަށް ޝައުގުވެރިކަންފާޅުކުރެއްވީ ފިރާޝާ އެކަންޏެވެ.
އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ އެ ކޮމެޓީގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުކުރެއްވި ފިރާޝާއަކީ މިދިޔަ ދައުރުގެވެސް އެ ކޮމެޓީގެ މެންބަރެކެވެ.




