twitterviber whatsapp telegramfacebookyoutube instagram
21st May 2026

އީދު ބަންދުގައި އުތީމު ގަނޑުވަރު ހުޅުވާނީ 4 ދުވަހު

ނަބީލާ އިސްމާޢީލް
May 21, 2026

މި އަހަރުގެ އަޟްހާ އީދު ބަންދުގައި 4 ދުވަހު އުތީމު ގަނޑުވަރު ހުޅުވާގޮތަށް ސަގާފީ ތަރިކަރައްކާކުރާ ގައުމީމަރުކަޒުން ނިންމައިފިއެވެ.

އެގޮތުން މި މަހު23، 24ގެ އިތުރުން 28 އަދި 30 ވަނަ ދުވަހު ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނެއެވެ.

އީދުބަންދުގައި އުތީމު ގަނޑުވަރަށް ޒިޔާރަތް ކުރާފަރާތްތަކަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:15 ން މެންދުރުފަހު 13:30 އަށެވެ.

އީދު ބަންދަށް ފަހު، ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހުކުރު ދުވަހެއް ފިޔަވާ އުތީމު ގަނޑުވަރު ހެނދުނު 08:15 ން މެންދުރުފަހު 13:30 ހުޅުވިފައި ހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355