twitterviber whatsapp telegramfacebookyoutube instagram
21st May 2026

ޖަލާލުއްދީން ސްކޫލް ގުރޭޑް 11 އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
May 21, 2026

މިއަހަރު ޖަލާލުއްދީން ސުކޫލް ގުރޭޑް 11 އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ސްކޫލުން ބުނީ އޭލެވެލް ޖޫން އިންޓޭކްގައި ކިޔަވަން އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހަށް ހުޅުވާލާފައިވާ ކަމަށެވެ.

މަތީ ސާނަވީއަށް ވަނުމުގެ ޝަރުތުތައް:

2026 ވަނަ އަހަރު ގުރޭޑް 11 އަށް ކުދިން ވައްދަން ހަމަޖެހިފައިވަނީ ސައިންސް އަދި ބިޒްނަސް ސްޓްރީމަށެވެ. ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މިންގަނޑަކީ ސައިންސް ސްޓްރީމަށް ވަންނަ ދަރިވަރެއްނަމަ އެސް. އެސް. ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީ މި ތިން މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުމެވެ.

ބިޒްނަސް ސްޓްރީމަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މިންގަނޑަކީ އެސް. އެސް. ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީސް/ކޮމާރސް، އެކައުންޓް، އިކޮނޮމިކްސް، މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުމެވެ.

ފާސްވިކަމަށް ބަލާނީ އޭ ސްޓަރ އާއި އޭ، ބީ އަދި ސީ ކަމަށް އެސުކޫލުން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

އޭލެވަލްއަށް ވަންނަ ދަރިވަރުންނަށް ކަނޑައަޅާފައިވާ އިތުރު ޝަރުތުތަކެއް ވެސް ވެ އެވެ. އެއީ 2025 މެއި / ޖޫން ނުވަތަ އޭގެ ފަހުން ޖީ.ސީ.އީ އޯލެވެލް އާއި އެސް. އެސް. ސީ އިމްތިހާނު ހަދާފައި ނުވުމާއި ދިވެހިރާއްޖޭގެ ޤާނޫނާ ޤަވާއިދާ ހިލާފުވެފައިވާ ނުވަތަ ޝަރުއީ މައްސަލައެއްގައި ހުކުމެއް އިއްވާފައި ކުއްޖެއް ކަމުގައި ނުވުމެވެ. އަދި ކައިވެންޏެއް ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

ޖަލާލުއްދީން ސްކޫލުން ބުނީ އޭލެވެލް ސްކޫލުތަކަށް ދަރިވަރުން ވަނުމަށް ހުށަހަޅާނީ އޮންލައިން ފޯމެއް ކަމަށާއި އެ ފޯމް ލިންކް އެޑިއުކޭޝަން މިނިސްޓްރީންގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355