twitterviber whatsapp telegramfacebookyoutube instagram
22nd May 2026

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރަ 20،000ރ. އަށް ކުޑަކޮށްފި

ނަބީލާ އިސްމާޢީލް
May 22, 2026

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ މެންބަރުންނަށް ދޭން ކުރިން ނިންމި ބޮޑު މުސާރަ ކުޑަކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ މިދިޔަ ބުދަ ދުވަހު ކަނޑައަޅައި ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ ފޮނުވި ސާކިއުލާގައިވާ ގޮތުން، ސިޓީތަކުގެ ޑަބްލިއުޑީސީތަކުގެ ރައީސުންގެ މުސާރައަކީ 41،500ރ. އެވެ. އަދި ރަށްރަށުގެ އަންހެނުން ކޮމިޓީގެ ރައީސުންގެ މުސާރައަކީ 21،000 ރުފިޔާއެވެ.

އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް, ޑަބްލިއުޑީސީގެ ސިޓީތަކުގެ ރައީސުންގެ މުސާރަ 33،000ރ.އަށް ކުޑަކުރި އެވެ. އެކަމަކު މި ކޮމިޓީތަކުގެ ރަށު ރައީސުންގެ މުސާރައަށް ބަދަލެއް ނުގެނެސް އޮތުމަށް ފަހު، މިއަދު އަނެއްކާވެސް މުސާރައަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ކަނޑައެޅި ގޮތުގައި، ސިޓީ ތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް ދެން ލިބޭނީ މަހަކު 20،000 ރުފިޔާއެވެ. އަދި، ނައިބު ރައީސުންނަށް 7،000 ރުފިޔާ ދޭން ނިންމާފައިވާއިރު، މެންބަރުންނަށް ދޭނީ 6،000 ރުފިޔާއެވެ. މީގެ އިތުރުން، ރަށްރަށުގެ ޑަބްލިއުޑީސީތަކުގެ ރައީސުންނަށް 15،000 ރުފިޔާ، ނައިބު ރައީސުންނަށް 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މި ބަދަލުތައް ގެނައުމުގެ ކުރިން ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސާއިންނަށް ލިބެމުން އައީ 7،000 ރުފިޔާއެވެ. އަދި ރަށްރަށުގެ ރައީސާއިންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ. އެހެންކަމުން، ފިނޭންސުން އަލަށް ކަނޑައެޅި އަދަދުތަކަކީ ކުރިން ލިބެމުން އައި މިންވަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް، އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ކޮށްދެއްވާނެ ކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355