twitterviber whatsapp telegramfacebookyoutube instagram
10th August 2026

މަޖިލީހުގެ ނައިބު ރައީސް ހޮވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި

ނަބީލާ އިސްމާޢީލް
May 31, 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަކު އިންތިހާބު ކުރުމުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި އެވެ.

މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައި ވަނިކޮށް އޭނާ ވަނީ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފަ އެވެ.

މިއަދު ހެނދުނު 9:00 އަށް އެޖެންޑާކުރި ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފަ އެވެ.

މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު މެންދުރުފަހު 01:00 ގައި އޮންނާނެކަން އަބްދުއްރަހީމް އިއުލާނު ކުރެއްވި ނަމަވެސް މަޖިލީހުގެ އިދާރާ އިން ފަހުން ބުނީ އެ ޖަލްސާ ބާއްވާނީ މާދަމާ ކަމަށެވެ.

ނާޒިމު މިއަދު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކުރައްވާފައި ނުވާ ކަމަށެވެ.

ނާޒިމުގެ ނޫސްބަޔާނުގައި ވަނީ އޭނާއަށް ކޮށްފައިވާ ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އިންކާރު ކުރަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން މި ވަގުތުން ފެށިގެން އިސްތިއުފާދޭ ކަމަށް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355