ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކުރިއަށްގެންދާ "އެމްއެންޔޫ ފަހި ފުރުސަތު ޖޮބް ފެސްޓިވަލް" މާދަމާ ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށްގެންދިއުމަށް ތައްޔާރުވެއްޖެ އެވެ.
އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ބާއްވާ މި ޖޮބް ފެސްޓިވަލް އޮންނާނީ ޖޫން 3 ން 4 އަށެވެ. މި މައުރަޒު ކުރިއަށްދާނީ 16:00 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށެވެ.
މި ފެސްޓިވަލްގެ މަގުސަދަކީ ރާއްޖޭގައި އެކިކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުވައްސަސާތަކުގައި ހުރި ތަފާތު އެކި ކަހަލަ އާމުދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުސަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުސަތު ތަނަވަސްކޮށްދެވޭނެ ފަދަ މާހައުލެއް ގާއިމު ކޮށްދިނުންމެވެ.
ގައުމީ ޔުނިވާސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ފެސްޓިވަލެކެވެ.
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
- އެމްއެންޑީއެފް
- ބޭންކް އޮފް މޯލްޑިވްސް
- ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް
- ނޭޝަނަލް ކެރިއަރ ސާވިސް
- އިމިގުރޭޝަން
މީގެ އިތުރަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ އެވެ.
މި ހަރަކާތުގެ ތެރެއިން އޭލެވެލާއި އެ ނޫން ވެސް ޔުނިވާސިޓީން ބަލައިގަންނަ ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުސަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާހައުލެއް އުފެއްދުމާއި ރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުސަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުގުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން ހިމެނެ އެވެ.




