twitterviber whatsapp telegramfacebookyoutube instagram
7th June 2026

ފިޗް ރޭޓިންގައި ކުރިއެރުން ލިބުނީ ސަރުކާރުގެ ހަރުދަނާ މަސައްކަތުން: މުންދު

ނަބީލާ އިސްމާޢީލް
Jun 7, 2026

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ކުރިއަށް އޮތްތަނުގައި ރަނގަޅުވަމުންދާނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދަރަނި އޮތް މިންވަރާއި، އެ ދަރަނި އަދާކުރަން ކުރަންޖެހުނު ކަންތައްތަކަކީ ރޭޓިންއަށް އަސަރުކުރި މައިގަނޑު ސަބަބުތަކެވެ.

"ދަށްވި ދަށްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދަށްވި ކަމެއް ނޫން. އެއީ އަޅުގަނޑުމެން ހަވާލުވިއިރު ދަރަނި އޮތް މިންވަރު، ދަރަނި އަދާކުރަން އަޅަންޖެހުނު ފިޔަވަޅުތަކާއި އެފިޔަވަޅުތަކުގެ ބޮޑުކަން އަދި ދަރަނި ނަގާފައި އޮތް ގޮތްވެސް މުހިއްމުވޭ. ދަރަނި އެކަށައެޅިފައިހުރި ވަގުތުތައްވެސް ވަރަށް މުހިއްމު. ވަރަށް ގިނަ ދަރަނިތައް ދައްކަން ހުރީ ފައްތަރުވާ ގޮތަށް،" މުންދު ވިދާޅުވި އެވެ.

ކޮވިޑުން އަރައިގަތުމަށް ގިނަ އަދަދެއްގެ މާލީ އެހީ ރާއްޖެއަށް ލިބުނުކަން ފާހަގަކޮށް މުންދު ވިދާޅުވި ގޮތުގައި، ފިޗުގެ ރޭޓިން ދަށްވާން ފެށީ ކުރީގެ ސަރުކާރުން ފައިސާ ޗާޕުކޮށް، ދަރަންޏަށް ގިނަ އަދަދެއްގެ ފައިސާ ނެގުމުންނެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ ފިޗު އެކަންޏެއް ނޫން، އަދި މުޅި ޖުމްލަ ގޮތެއްގައި ވެސް އަޅުގަނޑުމެން މާލީ އިދާރާތަކާ އެކު ވެސް ކުރި މަޝްވަރާތަކުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އޭރު ތަކުރާރުކޮށް އަޅުގަނޑުމެން އާދޭސް ވެސް ކުރިން ޗާޕު ނުކުރާށޭ، ޗާޕު ކުރުން. ވަރަށް ބައިވަރު ކުރި،" ތަރުޖަމާނު ވިދާޅުވި އެވެ.

މުންދު ވަނީ، އުއްމީދަކީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރޭޓިން އަދި އިތުރަށް ރަނގަޅުވެގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355