twitterviber whatsapp telegramfacebookyoutube instagram
9th June 2026

އާދަމް ނަސީރު މަގާމަށް އައްޔަނުކުރެއްވިތާ މާ ގިނައިރެއް ނުވެ އިސްތިއުފާ ދެއްވައިފި

ނަބީލާ އިސްމާޢީލް
Jun 9, 2026

ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރު ކަމަށް އައްޔަންކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް، މަގާމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވެ އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.

އޭނާ ރައީސް އޮފީހުގެ މުޝީރަކަށް އައްޔަން ކުރީ އިއްޔެ އެވެ. އެހެން ނަމަވެސް، ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ސޯޝަލް މީޑިއާގައި އިއުލާން ކުރެއްވި ގޮތުގައި އާދަމް ނަސީރު ވަނީ މިހާރު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.

ހާއްސަ މުޝީރުގެ މަގާމަށް އާދަމް ނަސީރު އައްޔަން ކުރެއްވިއިރު، ކެބިނެޓުން އޭރު އިސްތިއުފާ ދެއްވި އެހެން ބައެއް ބޭފުޅުން އެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވެ އެވެ.

އެގޮތުން ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް ރައީސް އޮފީހަށް މިނިސްޓަރުގެ މަގާމަށް ވަނީ އައްޔަން ކުރައްވައިފަ އެވެ. އަދި ލޯކަލް ގަވަމަންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އަދި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ކަމަށް އައްޔަންކުރަން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355