twitterviber whatsapp telegramfacebookyoutube instagram
10th August 2026

މުޅި ރާއްޖޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ، ބައިވެރިވާން ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jun 14, 2026
1

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި މުބާރާތުގައި މާލޭ ސަރަހައްދުން ބައިވެރިވެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. ރަށްރަށުގައި ބައިވެރިވާނެ ޓީމުތަކުގެ އަދަދު ކަނޑައަޅާނީ ރަށްރަށުގެ ކައުންސިލުތަކުންނެވެ.

ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭ މި މުބާރާތުގެ ކޮންމެ ޓީމެއްގައި މެނޭޖަރަކާއެކު ގިނަވެގެން ހިމެނޭނީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި އުޅަނދުގެ ފަތުރުވެރިން ނުހިމެނޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން އަންނަ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

މުބާރާތް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހުގެ މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށެވެ.

މި މުބާރާތުން އެއްވަނަ ޓީމަކަށް 30،000ރ، ދެވަނައަށް 25،000ރ، އަދި ތިންވަނައަށް 20،000ރ. ވަނީ ހުށަހަޅައިފަ އެވެ. އަދި އެންމެ ބަރު މަސް ބާނާ މަސްވެރިޔަކަށް 5،000ރ. ދޭނެ އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖޫން 1 އެވެ. ހެވެ. އެ ދުވަސް ފާހަގަ ކުރަމުން އަންނަނީ 1992 އިން ފެށިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355