twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ރާއްޖޭގައި ޕޭޕަލް ހިދުމަތް ފަށައިފި

Jun 15, 2026

ރާއްޖޭގައި ޕޭޕަލް ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

ބާސެލާސް ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފް ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ސަރުކާރުން ޕޭޕަލް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ދަށުން ހިންގާ "ޓެކްފިން މޯލްޑިވްސް" މެދުވެރިކޮށެވެ.

ޕޭޕަލް ތައާރަފް ކުރުމުން ލިބޭ ފައިދާތައް

މިހާތަނަށް ޕޭޕަލްގެ ހިދުމަތް ބޭނުންކުރެވެނީ ހަމައެކަނި ބޭރުން ތަކެތި ގަތުމަށެވެ. ނަމަވެސް މިހާރު ދިވެހިންނަށް ބޭރުގެ ކްލައިންޓުންނާއި ކަސްޓަމަރުންގެ އިތުރުން ދުނިޔޭގެ އެކި މާކެޓް ޕްލޭސްތަކުން ފައިސާ ބަލައިގަނެވޭނެ އެވެ.

އެމް-ފައިސާގެ މޮބައިލް ވޮލެޓާ ގުޅުވާލުމުގެ ސަބަބުން ޕޭޕަލް އަދި އެމް-ފައިސާ އެކައުންޓާ ދެމެދު ވަގުތުން ފައިސާ ބަދަލުކޮށް ރާއްޖޭގައި ބޭނުންކުރުމަށާއި ނަގުދު ފައިސާ ނެގުމަށް ފަސޭހަ ވާޏެ އެވެ.

މީގެ އިތުރުން ކްރިއޭޓިވް އިކޮނޮމީ އަށް ވެސް ކުރިއެރުންތަކެއް އަންނާނެ އެވެ. އެގޮތުން ފްރީލާންސް މަސައްކަތް ކުރާ ފަރާތްތަކާއި ޑިޖިޓަލް މަސައްކަތް ކުރާ ފަރާތްތަކާއި ދިވެހި އަތްތެރި މަސައްކަތްތެރިންނާއި އާޓިސްޓުންނަށް ބޭރުގެ ކްލައިންޓުންނަށް ރައްކާތެރިކަމާއެކު އިންވޮއިސް ފޮނުވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293