twitterviber whatsapp telegramfacebookyoutube instagram
15th June 2026

ޕޭޕަލްއާއެކު ބައިނަލްއަޤުވާމީ މައިދާނުގައި ހުޅުވުނީ ދޮރެއް: ރައީސް

ނަބީލާ އިސްމާޢީލް
Jun 15, 2026

ޑިޖިޓަލް އިގުތިސޯދުގެ ތެރެއިން ދުނިޔޭގެ މާކެޓުގައި ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިން ފައިތިލަ ސާބިތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް، "ޕޭޕަލް" ގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ހިދުމަތް ފެށުމަކީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި މުހިންމު ވަޢުދެއް ފުރިހަމަވުންކަމަށެވެ. އަދި ރާއްޖޭގެ ކުޑަކަމުން ބައިނަލްއަޤުވާމީ މާލީ މަންސަތަކަށް ނުވަދެވޭނެކަމަށް ކުރިން ދެކެމުން އައި ގަބޫލުކުރުންތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަމިއްލަ އުފެއްދުންތައް ބޭރު ދުނިޔެއަށް ވިއްކައިގެން އާމްދަނީ ހޯދުމަށް ދިވެހި ޒުވާނުންނަށް އޮތް އެންމެ ބޮޑު ހުރަސް މިކަމުގެ ސަބަބުން ނެތިގެންގޮސްފައިވާކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މިއީ ހަމައެކަނި ޕޭޕަލް ގެނައުން ނޫންކަމަށާއި، މިއީ 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ދައުލަތަކަށް ހެދުމަށްޓަކައި އިގުތިސޯދު ސިންދަފާތުކުރުމަށް އެކަށައަޅާފައިވާ ބިޔަ މަޝްރޫއުގެ މުހިންމު ބައެއްކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޑިޖިޓަލް އިގުތިސޯދުގެ ހިއްސާ މަދުވެގެން ފަނަރަ އިންސައްތައަށް މައްޗަށް ޖެއްސުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ އުމްރާނީ ވަސީލަތްތައް ރާއްޖޭގައި ގާއިމުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. ގޫގަލް ކުންފުންޏާ ގުޅިގެން ދިވަރު ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކާބަފައިން ކަނޑުމަގުން ބޭރު ދުނިޔެއާ ގުޅުން ބޭއްވި ފަދައިން، މިއަދުގެ ޖީލުތައް ދުނިޔެއާ ގުޅިފައިވަނީ ޑިޖިޓަލް ވިއުގަތަކުގެ ތެރެއިން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355