twitterviber whatsapp telegramfacebookyoutube instagram
18th June 2026

ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 13 ދަރިވަރަކު ޑީންސް އެވޯޑް ހޯދައިފި

އަބްދުލް ވާހިދު ޙަސަން
Jun 18, 2026

ޤައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 13 ދަރިވަރަކު ޑީންސް އޮނަލިސްޓް އެވޯޑް ހޯދައިފި އެވެ.

ޤައުމީ ޔުނިވާސިޓީ ދޭ އެންމެ ޝަރަފުވެރި މި އެވޯޑް ހާސިލުކުރީ އެ ކެމްޕަހުގައި ނަރުސްކަން ޑިގްރީއަށް ކިޔަވާ 13 ދަރިވަރެކެވެ. އެ ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރޭ އެ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ސިޓީ ކައުންސިލަރ އަކްބަރީ މުހައްމަދެވެ.

ޑީންސް އޮނަލިސްޓް އެވޯޑް ހާސިލްކުރި ދަރިވަރުން:

  • ފާތިމަތު ރިނާ އަހުމަދު
  • އައިޝަތު ސަމްހާ އަހުމަދު ހާޝިމް
  • އައިޝަތު ޝިފާނާ އިބުރާހިމް ޝާހީ
  • އައިމިނަތު ސަމްހާ އަހުމަދު އާޝިމް
  • ރިޒްނާ މުހައްމަދު
  • ދިރާޔާ އަހުމަދު
  • އައިޝަތު އަބުދުއްރަހުމާން
  • އައިޝަތު ސަނާ
  • ނައުފާ ހުސައިން
  • ފާތިމަތު އަޒްމާ އަލީ
  • އައިޝަތު އާތިކާ އިބުރާހިމް
  • މުހައްމަދު އާދަމް
  • ފާތިމަތު އީމާ މުހައްމަދު ޒާހިރު

ޑީންސް އޮނަރލިސްޓް އެވޯޑަކީ ފުރަތަމަ ޑިގްރީން މަތީގެ ކޯސްތަކުން، ކިޔެވި ހުރިހާ މާއްދާއަކުން ޑިސްޓިންކްޝަން ނުވަތަ އެއަށްވުރެ މަތީ ދަރަޖަ ހާސިލުކޮށްފައިވާތީ އެކަން ފާހަގަކޮށް ޑީން ދެއްވާ ޝަރަފުވެރިކަމުގެ އެވޯޑެކެވެ.

ނަރުސްކަން ކިޔަވާ 7 ދަރިވަރު ޓޮޕް އެޗީވާސް އެވޯޑް ހާސިލްކުރި

  • ފާތިމަތު ބިންތު ހުސައިން – ބެޗެލަރ އޮފް ނާރސިންގ
  • އައިމިނަތު ޝައިބާ އަބުދުލް ރަޝީދު – ބެޗެލަރ އޮފް ނާރސިންގ
  • އައިޝަތު ޒޫނާ މޫސާ – ބެޗެލަރ އޮފް ނާރސިންގ
  • ކައުސަރު އަބުދުއްރަހީމް – އެޑްވާންސް ޑިޕޮލޮމާ
  • އައިޝަތު ނައުރާ އަހުމަދު – އެޑްވާންސް ޑިޕޮލޮމާ
  • ފާތިމަތު ލަމްޔާ – އެޑްވާންސް ސެޓްފިކެޓް

މިރަސްމިއްޔާތުގައި އެ ކެމްޕަހުގައި ނަރުސްކަން ކިޔަވާ ދަރިވަރުން އިޤްރާރުވި އެވެ.

ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހަކީ މާލެ ފިޔަވާ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކެމްޕަހެވެ. އަދި އެއީ މާލެ ފިޔަވާ އެންމެ ގިނަ ނަރުހުންވެސް އުފައްދާ ކެމްޕަސްވެސްމެ އެވެ.

މި ރަސްމިއްޔާތުގައި އެ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީ އާއި ލެކްޗަރ އިން އަދި ކޭއާރުއެޗުގެ ސީނިއާ ނަރުހުންނާއި މުއައްސަސާތަކުގެ ވެރިން އަދި ދަރިވަރުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355