twitterviber whatsapp telegramfacebookyoutube instagram
6th October 2026

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިނާޔަތް ޖަމާވުން ލަސްވާ މައްސަލަ މަޖިލީހަށް

މޫސާ އަލީ
Jun 19, 2026

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން މަހުން މަހަށް ޖަމާ ކުރާ މާލީ އިނާޔަތް ދިނުން ލަސްވާ ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) އެވެ.

އެ މައްސަލާގައި ބުނެފައި ވަނީ ފަހަކަށް އައިސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖަންސީ (އެންސްޕާ) މެދުވެރިކޮށް ދޫކުރާ މާލީ އިނާޔަތްތައް ކަނޑައެޅިފައި އޮންނަ ތާރީހަށް ބަރާބަރަށް ޖާމާވަމުން ނުދާ ކަމަށެވެ.

އެ އިނާޔަތަކީ އެ ފަރާތްތަކުގެ ބޭސްފަރުވާ އާއި ފަރުދީ އަދި ޒަރޫރީ ބޭނުންތައް ފުއްދަން ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަމަށާއި އެ ޖަމާކުރުން ލަސްވާތީ އާއިލާތަކަށް ބޮޑު މާލީ އަދި ނަފްސާނީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

"..ވީމާ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީ މި މައްސަލަ ހުށަހަޅުއްވައި ދެއްވައި، އެންސްޕާ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކޮށްދެއްވުމަށް އެދި ދަންނަވަން،" ކުޑޫ ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީގައި އެ ފަރާތްތަކަށް ކަށަވަރު ކޮށްދީފައި އޮންނަ ހައްގެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293