twitterviber whatsapp telegramfacebookyoutube instagram
21st June 2026

މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް ދޭ އެހީ ބޮޑުކުރުމަށް ރާއްޖޭން ގޮވާލައިފި

ނަބީލާ އިސްމާޢީލް
Jun 21, 2026

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފުޅާކޮށްދިނުމަށް، ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގެ މަހާސިންތާގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން، އދ. އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގައުމުތަކުގެ ނާޒުކުކަން ވަޒަންކުރާ މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް ބަލައިގަތުމަށް ހުރިހާ ގައުމުތަކަކަށް ބާރުއަޅުއްވާފައެވެ.

އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި ގައުމެއްގެ އާމްދަނީއަށް ބެލުމުގެ ބަދަލުގައި، އިގުތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ގޮތުން ގައުމުތަކަށް އޮންނަ ނުރައްކާތަކާއި ގޮންޖެހުންތައް ވަޒަންކޮށްދޭނެ މުހިންމު މިންގަނޑެކަމަށެވެ.

މޫސުމީ ކާރިސާތަކުން އިޔާދަވުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ފަންޑުތަކަށް، ހާއްސަކޮށް ފަންޑް ފޯރ ރެސްޕޮންޑިންގ ފަދަ ވަސީލަތްތަކަށް އިންވެސްޓްކުރުން އިތުރުކުރުމުގެ މުހިންމުކަމަށް ޑރ. ސަލްމާ ވިދާޅުވިއެވެ.

އަދި ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނެވި ނަމޫނާއެއްކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ރަށްރަށުގެ ރައްޔިތުން އަމިއްލައަށް ހޯދާ އީޖާދީ ހައްލުތަކަށް މާލީގޮތުންނާއި ފަންނީގޮތުން އެހީތެރިވުމުގެ މައްޗަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުވުމުގެ ހަވާސާގެ ޖެނީވާގައި ހުންނަ ދިވެހި މިޝަނުން ވަނީ ބައިނަލްއަޤުވާމީ ސަގާފީ މައުރަޒެއްގައިވެސް ބައިވެރިވެފައެވެ. މި ހަރަކާތުގެ ތެރެއިން ދިވެހިންގެ އާދަކާދަތަކާއި، ކެއިންބުއިމާއި، އަދަބިއްޔާތުގެ އިތުރުން އަމިއްލަ އަތްތެރި މަސައްކަތްތައް ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދައްކާލައި، ދިވެހިވަންތަކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355