twitterviber whatsapp telegramfacebookyoutube instagram
21st June 2026

ދީނީ ގިނަ ހިދުމަތް ކޮށްދެއްވި ޝޭހް އިސްމާއިލް އަވަހާރަވެއްޖެ

މޫސާ އަލީ
Jun 21, 2026

ދީނީ ރޮނގުން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޝޭހް އިސްމާއިލް މުހައްމަދު އަވަހާރަވެއްޖެ އެވެ.

ތޮއިބާ ޝައިހުގެ ނަމުން މަޝްހޫރުވެފައިވާ މއ. ފީރޯޒްވާދީ، ޝައިހު އިސްމާއިލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް ރޭގެ ވަގުތެއްގައި އެވެ.

އޭނާ އަވަހާރަވި އިރު އުމުރުފުޅުން 85 އަހަރެވެ.

ޝެއިހު އިސްމާއިލް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތައުޒިއްޔާގައި ވިދާޅުވީ އޭނާ އަވަހާރަވުމަކީ އެމަނިކުފާނަށް ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިހުސާސް ކުރުވި އެވެ.

ޝައިހް އިސްމާއީލަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އޭނާއަކީ ގައުމަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ހިދުމަތުގެ އިސް ސަފުގައި ހިދުމަތް ކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޒެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޝައިހު އިސްމާއިލް ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ. އޭގެ އިތުރުން އޭޕްރިލް 19، 2025 ގައި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު ވެސް ޝައިހު އިސްމާއިލަށް ވަނީ އަރުވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355