twitterviber whatsapp telegramfacebookyoutube instagram
28th June 2026

ކުދި ވިޔަފާރިތަކަށް ހަމަހަމަ ފުރުސަތުތައް ދޭނަން: ރައީސް

Jun 28, 2026

ކުދި ވިޔަފާރިތައް ކުރިޔަށް ދިޔުމަށް އެހީތެރިކަން ފޯރުކޮށްދީ ހުރިހާ ވިޔަފާރިތަކަށް ވެސް ހަމަހަމަ ކަމާއެކު ފުރުސަތުތައް ލިއްބައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ދުނިޔޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން ރައީސް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިގްތިސާދުގެ އަސްލު ބާރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގައި ކުރިއަރައި އަދި އާ ފުރުސަުތައް އުފައްދަމުން އަންނަ ކުދި ވިޔަފާރިތައް ކަމަށެވެ.

އިގްތިސާދު މިހާރަށް ވުރެ ވަރުގަދަކޮށް ކޮޅަށް ނެގުމަށް އެ ވިޔަފާރިތަކުން ކުރާ މަސައްކަތް ސަރުކާރުން ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ "މޯލްޑިވްސް 2.0" ގެ ދަށުން ކުރަމުން އަންނަ ބައެއް ކަންކަމަށް އަލިއަޅުވާލައިފަ އެވެ. އެގޮތުން ކުދި ވިޔަފާރިތަކާށް ޑިޖިޓަލް ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ އަދި ބައިނަލްއަގްވާމީ މާކެޓްތަކަށް ވާސިލްވުމުގެ ފުރުސަތު ފުޅާކުރަމުންދާ ކަމަށާއި ވިޔަފާރިވެރިންނަށް ހާއްސަ ކަލްޗަރަލް ސެންޓަރުތަކާއި ކްރިއޭޓާ ހަބްގެ އިތުރުން އަލީބާބާ އަދި ޕޭޕަލް މެދުވެރިކޮށް ދުނިޔޭގެ ބާޒާރުތަކަށް ދިވެހި އުފެއްދުންތައް ނެރުމުގެ މަގު ފަހިކޮށްދެމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރިޔަށް އޮތް ދެ އަހަރަކީ ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް ހާއްސަ އިސްކަމެއް ދޭނެ ދެ އަހަރު ކަމަށް ރައީސް ވިދަޅުވި އެވެ. އަދި ސަރުކާރުގެ އަމާޒު ހުރީ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ފަރާތުން ފޯރުކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355