twitterviber whatsapp telegramfacebookyoutube instagram
29th June 2026

ހާދިސާ ހިނގާ ތަނަށް ފުލުހުންގެ ޑްރޯން ފޮނުވަނީ

Jun 29, 2026

ކުށެއް ކޮށްގެން ނުވަތަ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް އެޓެންޑުވުން ލަސްވާ ހާލަތްތަކުގައި ޑްރޯން ފޮނުވުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ހޯދަމުން އަންނަ ކަމަށާއި އެގޮތުން އަންނަ އަހަރު އާ ތިން ވަސީލަތެއް ބޭނުން ކުރަން ފަށާނެ ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ" ގެ ހިދުމަތް އަންނަ އަހަރު ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކަމެއް ހިނގައިގެން ރިޕޯޓް ކުރުމުން އެ ކަމެއް ހިނގި ތަނަށް ޑްރޯން ފޮނުވައި އެ ސަރަހައްދުގެ ހާލަތު ވީޑިއޯގެ ޒަރިއްޔާ އިން ފުލުހުންނަށް ވަގުތުން ދެނެގަންނާނެ ކަމަށާއި ޓްރެފިކް ބާރު ބޮޑުވުމުގެ ސަބަބުންނާއި ކަނޑު ހުރަސްކޮށް ރަށަކަށް ދާން ހޭދަވާ ވަގުތުގެ ސަބަބުން ފުލުހުންނަށް އިޖާބަ ދެވޭ ވަރު ލަސްވިޔަސް ޑްރޯން ބޭނުން ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިތުރު ކަންކަމުގެ ތެރޭގައި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެންސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރަމަށް ނެކްސްޓް ޖެނެރޭޝަން ހޯލް ހޭންޑްލިން އިކްއިޕްމެންޓާއި އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭ ގޮތް ހަދައި އެ ހިސާބުގައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑް ވަގުތުން ފެންނަ ގޮތަށް ސިސްޓަމް އަޕްގްރޭޑް ކުރެެވިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355