twitterviber whatsapp telegramfacebookyoutube instagram
1st November 2026

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ އިސްލާހު ފާސްކޮށްފި

ނަބީލާ އިސްމާޢީލް
Jun 29, 2026

ސިނގިރޭޓްގެ ޑިއުޓީ ދެ ގުނަ ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ޖަލްސާ މެދުކަނޑާލުމަށް ފަހު، މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސްކުރީ 69 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އިބްރާހިމެވެ.

ޤާނޫނުުގެ 7 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ދުންފަތުގެ 3 ބާވަތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ހިމަނާފައިވެ އެވެ. އެގޮތުން، ސިނގިރޭޓުގެ އިތުރުން ބިޑި އާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުން ކުރެވޭ ގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. ރުފިޔާއަށް ކުޑަކުރުމަށް ހުށަހަޅާފައިވެ އެވެ.

މީ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ވެސް ކުޑަ ކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293