twitterviber whatsapp telegramfacebookyoutube instagram
1st July 2026

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަން ކޮށްފި

Jul 1, 2026

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އައްޔަން ކުރައްވައިފަ އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ މިއަދު ފެށިގެން ހައްޖު ކޯޕަރޭޝަންގެ ބޯޑުގެ މެންބަރު ކަމާއި އެމްޑީގެ މަގާމަށް ފިރުޒުލް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އެ މަގާމުގައި މީގެ ކުރިން ހުންނެވީ މުހައްމަދު ޝަކީލެވެ. އޭނާ އަކީ މިހާރު އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަން ކުރެއްވި އިރު އޭނާ ހުންނެވީ ރައީސް އޮފީހުގެ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މަގާމުގަ އެވެ.

އޭގެ އިތުރުން ޕީއެންސީގެ ތަރުޖަމާނަކަށް ވެސް މިވަގުތު ހުންނެވީ ފިރުޒުލް އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ އިސް ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355