twitterviber whatsapp telegramfacebookyoutube instagram
5th July 2026

އޮސްޓްރޭލިއާގެ ޕާކްތަކުގައި ބޭނުންކޮށްފައި ހުރި ސާމާނު ދެނީ، ބޭނުންވާ ކައުންސިލްތަކަށް ފުރުސަތު ހުޅުވާލައިފި

Jul 5, 2026

އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކްތަކުގައި ބޭނުންކޮށްފައި ހުރި ނަމަވެސް ރަނގަޅު ހާލަތުގައި ހުރި ސާމާނު ބޭނުންވާ ކައުންސިލްތަކަށް ދޫކުރުމުގެ ޕްރޮގްރާމެއް އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން ހުޅުވާލައިފި އެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ، އާ އެއްޗިއްސަށް ނުވިޔަސް އެއީ ހާލަތު ބަލައި ބޭނުންކުރެވޭ ހާލަތުގައި ހުރިކަން ކަށަވަރުކޮށްފައިވާ ތަކެތި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ތަކެއްޗަކީ ކުދިކުދި މަރާމާތުތައް ކޮށްލަން ޖެހިދާނެ ތަކެތި ކަަމަށް ހައި ކޮމިޝަނުން ބުނެ އެވެ.

އެތަކެތި ބޭނުންވާ ކައުންސިލްތަކަށް އެ ސާމާނު ރާވާނެ ގޮތުގެ ތަފްސީލް ޕްލޭންތައް ފޯރުކޮށްދޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ. މި އިއުލާނުގައި މިހާރު ވަނީ ހުރިހާ ކައުންސިލްތަކަކަށްވެސް އެ ކޮމިޝަނުން ފޮނުވާފަ އެވެ.

ހައި ކޮމިޝަނުގެ އިއުލާނުގައި ބުނީ ޕާކް ހަދާ ސާމާނު ރާއްޖެއަށް ގެންނަތާ އެއް މަސްދުަވަހުގެ ތެރޭގައި އެތަކެތި ގެންދަން އެދޭ ކައުންސިލުތަކުން ތަކެތި ގެންގޮސް ނިންމަން ވާނެ ކަމަށެވެ. އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ބޭނުންކޮށްފައިވާ ސާމާނު ބޭނުންކުރުމަކީ ކައުންސިލްތަކުން އަމިއްލައަށް އެދިގެން ކުރާ ކަަމަކަށް ވާތީ އެތަކެތި ބަލައިގަންނަން ރައްޔިތުން ގަބޫލުތޯ ބެލުމަކީ ކައުންސިލްތަކުގެ ޒިންމާއެކެވެ.

އެ ސާމާނު ބޭނުންވާ ކައުންސިލްތަކުން އޮސްޓްރޭލިއާ ހައި ކޮމިޝަނަށް ހުށަހަޅަން ޖެހޭ އީއޯއައި ގައި ވެސް ރައްޔިތުންގެ ރުހުން އޮތްކަމުގެ ކަށަވަރުކަން ހިމަނަން ޖެހޭނެ އެވެ. އަދި ސާމާނު ބަހައްޓާނެ ތަންތަނާއި ބެހެއްޓުމަށް ފަހު މަރާމާތުކޮށް ބަލަހައްޓާނެ ގޮތުގެ ތަފްސީލު ވެސް އީއޯއައި ގައި ހިމަނަން ޖެހޭނެ އެވެ.

އީއޯއައި ހުށަހަޅަން ޖެހޭ ސުންގަޑައަކީ ޖުލައި 16 ވަަނަ ދުވަހުގެ މެންދުރު 12:00 އެވެ. އީއޯއައި ހުށަހަޅަން ޖެހޭނީ mailto:[email protected] މެދުވެރިކޮށް، އޮންލައިންކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355