ރަށްރަށުގައި ބޭސް ލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑު (ސްޓޭޓްފާމާ(އިން ސިލްސިލާ ބައްދަލުތުންތަކެއް ބާއްވަން ފަށައިފިއެވެ.
އެގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޝާހު މާހިރު އާއި ކުންފުނީގެ މެނޭޖްމެންޓުން ވަނީ ބ. އަތޮޅު އޭދަފުށީ ކައުންސިލާއި ބައްދަލުކޮށްފައެވެ.
ސްޓޭޓްފާމާއިން ބުނީ މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ބޭސް ލިބުމުގަ އާއި ދާއިމީ ބައްޔަށް ބޭސް ފަރުވާ ކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ދިމާވަމުންދާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން، ޝާހު ވާނީ ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުންފުނިން ގެންގުޅޭ ހާއްސަ ޕްލޭނާއި ގުޅޭ މައުލޫމާތު ކައުންސިލާއި ހިއްސާކޮށް، ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ގޮތެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ސްޓޭޓްފާމާއިން ބުނީ ބައްދަލުވުމުގައި އިިތުރަށް ކައުންސިލްތައް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް އެކުންފުނިން ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު އިތުރަށް ހިއްސާކޮށް އަހުލުވެރި ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ.




