twitterviber whatsapp telegramfacebookyoutube instagram
8th November 2026

ދަރަންޏަށް އެއާ ޓިކެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުން އިއުލާން ކޮށްފި

Jul 9, 2026

ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވައިގެ މަގުން ކުރާ ދަތުރުތަކަށް ކްރެޑިޓް އުސޫލުން އެއާ ޓިކެޓް ހަމަޖައްސައިދޭނެ ފަރާތްތަކެއް ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މި ހިދުމަތް ބޭނުންވަނީ ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށެވެ.

މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފުލުހުންގެ ހިދުމަތުން މައުލޫމާތު ދޭ ގޮތުގައި، ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ ހޯމަ ދުވަހުގެ 12:00 އެވެ. އަދި މި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

ޓިކެޓް ފޯރުކޮށްދިނުމުގެ މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އޮޅުންފިލުވަން ބޭނުންވާ ކަމެއް ވާނަމަ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިގޮތުން ސުވާލުތައް ފޮނުވާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޕްރޮކިއުމަންޓް ސެކްޝަނުގެ އީމެއިލަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ފުލުހުންގެ ޕްރޮކިއުމަންޓް ސެކްޝަނުގެ ނަންބަރު 9790052 ފޯނަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293