މި އަހަރު ފުރަތަމަ ހަ މަސް ތެރޭ ހދ އަތޮޅުގެ ކޯޓުތަކުން 102 ކައިވެނިކުރިއިރު، 90 ވަރި ކޮށްފައިވާ ކަމަށް ހދ ޖުޑިޝަލް ދާއިރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކުޅުދުއްފުށީ ކޯޓުން އާންމުކުރި ހދ. ޖުޑީޝަލް ދާއިރާގައި ހިމެނޭ 13 ރަށްތަކުގެ ތަފާސް ހިސާބު ދައްކާގޮތުން އެންމެ ގިނަ ވަރި ކައިވެނި ކޮށްފައިވަނީ އެ ދާއިރާގެ އެންމެ ބޮޑު އާބާދީ ހިމެނޭ ކުޅުދުއްފުށީގަ އެވެ. އެ ގޮތުން ކުޅުދުއްފުށީގައި 54 ކައިވެނިކޮށްފައިވާއިރު 49 ވަރިކޮށްފައިވެ އެވެ.
މި ދާއިރާގައި ހިމެނޭ ކޯޓުތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ވެސް ހުށަހަޅާފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓަށް 242 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި 241 މައްސަލައެއް ނިންމާފައިވެ އެވެ. އަދި މިހާރު ހިނގަމުންދާ 143 މައްސަލަ އެބަ އޮތެވެ.




