twitterviber whatsapp telegramfacebookyoutube instagram
14th July 2026

ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަން ކައުންސިލުން އޮތީ ތައްޔާރަށް: ރޯޒޭ

އަބްދުލް ވާހިދު ޙަސަން
Jul 13, 2026

15 މިލިއަނުން ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދިޔުމުން މަސައްކަތް ނުހުއްޓި ކާމިޔާބުކަމާއެކު ނިންމާލެވޭކަމަށާއި އެހެންވުމުން އެފަދަ މަޝްހޫރުތައް ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދެވުމަށް ކުޅުދުއްފުށީ ސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) ސަރުކާރަށް ގޮވާލައިފި އެވެ.

ޕެންޝަން އޮފީހާއި ސިޓީ ކައުންސިލް ގުޅިގެން ކުޅުދުއްފުށީގައި ތަރައްގީކުރި 'އިސްރަށްވެހިން'ގެ ޕާރކް ހުޅުވުމަށް ބުރާސްފަތިދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ޕީއެސްއައިޕީ ތިން މަޝްރޫއެއް ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކާމިޔާބުކަމާއެކު ނިންމާލި ކަމަށެވެ.

ކައުންސިލާ ހަވާލުނުކުރުމުގެ ސަބަބުން ޕީއެސްއައިޕީގެ ވަރަށް ގިނަ މަޝްރޫއުތައް ހުއްޓިގެންގޮސްފައިވާކަން ފާހަގަކުރައްވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، އެގޮތުން ކުޅުދުއްފުށީގައިވެސް ސަރުކާރުން ކުރިއަށްގެންދާ އެފަދަ މަޝްރޫއުތައްވެސް ކުރިއަށްނުގޮސް އެބަހުރި ކަމަށެވެ.

އެހެންވުމުން 15 މިލިއަނުން ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދިޔުމަށް ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ. އަދި އެކަމަށް ކައުންސިލްގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށް ހުންނެވިކަމަށްވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355