twitterviber whatsapp telegramfacebookyoutube instagram
9th November 2025

ޑެޕިއުޓީ މޭޔަރުގެ މަގާމަށް ރޯޒޭ އިންތިހާބުކޮށްފި

Nov 9, 2025

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ހުޅަނގު އުތުރުދާއިރާގެ ކައުންސިލަރު އަހުމަދު އަބުދުﷲ (ރޯޒޭ) އިންތިހާބުކުރައްވައިފި އެވެ.

ރޯޒޭ އެމަގާމަށް އިންތިހާބުކުރެއްވީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި އަލީ އަހުމަދު މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމު އިސްތިއުފާ ދެއްވީ އިނގިރޭސި ސަރުކާރުން ދޭ ޝީވްނިންގ ސްކޮލާޝިޕް ލިބި، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި "އެންވަޔަމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް" އިން މާސްޓާޒް ޑިގްރީއަށް ކިޔެވުމުގެ ގޮތުން ނެވެ.

ހުސްވެފައިވާ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރެއްވި މިއަދު ބޭއްވި ބައްދަލުވުމުގައި ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ ރޯޒޭ އެކަންޏެޗެ. އޭނާ އެ މަގާމަށް އިންތިހާބުވެލެއްވީ ޖަލްސާގައި ބައިވެރިވެލެއްވި 5 މެންބަރުންގެ ވޯޓުންނެވެ. ޗުއްޓީގައި ހުންނެވުމުން ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވީ މެންބަރު އައިމިނަތު މަޖީދާ އެވެ.

ރޯޒޭ އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ތަޢުލީމީ ރޮނގުންނެވެ. ރޯޒޭއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެކެވެ.

ރޯޒޭ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދީފައިވަނީ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މި މުއްދަތުގައި ސްކޫލުގެ އެކި ފަންތިތަކުގައި މަސައްކަތް ކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޓީޗަރެއްގެ މަސައްކަތުން ފެށިގެން ޑެޕިއުޓީ ޕްރިންސިޕަލްގެ ޙައިސިއްޔަތުން ޕްރިންސިޕަލެއް ނެތި ސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވިކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355