twitterviber whatsapp telegramfacebookyoutube instagram
29th July 2026

ތިލަފުށީ ކުނި ކުނބުރުދޫ އަށް ގެންދާތީ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Jul 29, 2026

ކ. ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދު އަށް ގެންދިއުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމި ނިންމުމާ ގުޅޭ ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައެއް ބޭރު ކޮށްލައިފި އެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް އެ މައްސަލަ ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އެވެ.

އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރެކެވެ. ބާކީ ތިއްބެވި 27 މެންބަރުން ވޯޓު ދެއްވީ އެކަމާ ދެކޮޅަށެވެ.

ފިއްޓޭ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ކުނބުރުދޫގައި ގާއިމުކުރަމުންދާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީކުނި މެނޭޖުކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައި އޮތް ތަނެއް ނޫން ކަމަށެވެ. އެގޮތުން ކުނި އަޅަން ބޭނުންވާ ކޮންކްރީޓް ފަންގިފިލާއެއް ނެތުމުގެ ސަބަބުން ކުނިތައް ސީދާ ބިމަށް އުކަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން އުފެދޭ ވިހަ ފެން ނައްތާލެވޭނެ އެއްވެސް ނިޒާމެއް ގާއިމް ކޮށްފައި ނުވާ ކަމަށް ފިއްޓޭ ވިދާޅުވި އެވެ.

ކުނބުރުދުއަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަންޒު ކަހަނބު އާލާވެ ދިރިއުޅޭ ރަށެކެވެ. ފިއްޓޭ ވިދާޅުވި ގޮތުގައި އެ ނިންމުމާ ގުޅިގެން އެތަކެތި ނެތިދިއުމުގެ ބިރު ވެސް އޮތް ކަމަށާއި ކުނިން ބޭރުވާ ވިހަ މާއްދާތައް ބިމުގެ ފަސްގަނޑަށާއި ފެން ފަށަލައަށް ޖަމާވުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލި ދަނޑުވެރިކަމާއި ގަސްގަހާގެއްސަށް ވެސް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ކުރިމަތިވެގެންދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355