twitterviber whatsapp telegramfacebookyoutube instagram
1st August 2026

ސައީދުގެ އިތުބާރު ނެތް މައްސަލައެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

Aug 1, 2026

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަގާމުން ވަކި ކުރުމުގެ މައްސަލައެއް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސައީދުގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނެގުމުގެ ގަރާރުގައި ސޮއި ކޮށްފައި ވަނީ އެމްޑީޕީގެ 13 މެންބަރުންނެވެ.

އެ ގަރާރުގައިވާ ގޮތުން ގާނޫނުއަސާސީ އާ ހިލާފުވުމުގެ އިތުރުން ރައްޔިތުންގެ މުދަލާއި ފައިސާ އަށް އިހުމާލުވެފަ އެވެ. އަދި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން މަޖިލީހަށް ޖަވާބުދާރީ ނުވާ ކަމަށާއި އެހެންވެ އޭނާގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

ސައީދާ ގުޅޭ ގޮތުން ހުށަހަޅާފައިވާ 6 މައްސަލަ

1. ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާ އަށް އުފުލުން.

2. ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުން.

3. ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އެޅުން.

4. ޕްރައިވެޓް ސެކްޓާ ހިމާޔަތް ކުރުމުގައި ފެއިލްވުން.

5. އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން.

6. އިގްތިސާދީ މަލަމަތި ބަދަލު ކޮށްލާނެ ކަމަށް ބުނެ ސައީދު ތަފާތު ބިޔަ މަޝްރޫއުތަކެއް އިއުލާން ކުރެއްވި ނަމަވެސް މަޝްރޫއުތައް ހުއްޓިފައިވުން.

ގާނޫނުއަސާސީގައި ބުނާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް މިވަގުތު މަޖިލީހުގައި އޮތީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355