އިދިކޮޅު ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 19 ގައި ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީން މި ނިންމުން ނިންމީ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
ސެޕްޓެމްބަރު 19 ވާ ހޮނިހިރު ދުވަހު ކޮންގްރެސް ބާއްވަން ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ހުށަހެޅުމަށް ބައެއް މެންބަރުން ހިޔާލު ތަފާތުވި އެވެ. ސަބަބަކީ އަންނަ މަހު 25 ގައި ގައުމީ މަޖިލީހުގެ ދައުރު ވެސް ހަމަވާތީ އެވެ.
ނަމަވެސް ނަޝީދުގެ ހުށަހެޅުަމށް ވޯޓަށް އެހުމުން ޖަލްސާގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓާއެކު އެ ހުށަހެޅުން ފާސްވި އެވެ.
އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ 2022 ވަނަ އަހަރު އެވެ.