twitterviber whatsapp telegramfacebookyoutube instagram
7th August 2026

ސްޓޭޓް ފާމާއިން ބޭސްގެނައުމަށް އެސްޓްރަޒެނިކާއާއެކު މަސައްކަތް ފަށައިފި

ނަބީލާ އިސްމާޢީލް
Aug 6, 2026

ރާއްޖޭއަށް ފަސޭހައިން ބޭސް ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި، އެސްޓްރަޒެނިކާގެ މަންދޫބުންނާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ސްޓޭޓްފާމާއިން ބުނީ ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމާ ގުޅޭ ގޮތުން، އެ ކުންފުނިން އެސްޓްރާޒެނެކާ އާ އެކު ބައްދަލުވުމެއް ބާއްވައިފައިވާނެ ކަމަށެވެ.

މި ބައްދަލުވުމުގެ މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކޮށް ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތުގެ ބަދަހި ގުޅުމެއް ގާއިމުކުރުން ކަމަށް، ސްޓޭޓްފާމާއިން ބުންޏެވެ. މީގެ އިތުރުން ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް، އެ ކުންފުނިން ބުންޏެވެ.

ދިވެހީންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ސްޓެޓްފާމާއިން ބުންޏެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ބޮޑެތި ބޭސް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓޭޓްފާމާއިން މައުލޫމާތު ދެއެވެ.

މި މަސައްކަތުގެ ސަބަބުން ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ކަމުގެ ޔަގީންކަން ސްޓޭޓްފާމާއިން ވަނީ ދީފައެވެ.

ރައްޔިތުންގެ އެންމެ ބޮޑަށް ކުރާ އެއް ޝަކުވާއަކީ ބޭސް ނުލިބުމުގެ ޝަކުވާއެވެ. އެގޮތުން އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ހަރަދުކުރަން ޖެހޭތީ އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355