ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު ދިގު ދަންމާލަން އަނެއްކާވެސް މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާ މި މަހު 15 އަށް ނިމޭނެ އެވެ.
ނަމަވެސް މިދިޔަ ހަފްތާގައި ރިޔާސަތުން ވަނީ "މުހިންމު މަސައްކަތްތަކެއް" ހުރި ކަމަށް ވިދާޅުވެ މި ހަފްތާ ބުރާސްފަތި ދުވަހާ ހަމައަށް ދައުރު ދިގު ދަންމައިފަ އެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިމުމުގެ ކުރިން ރިޔާސަތުން އަނެއްކާވެސް ވަނީ މަޖިލީހުގެ ދައުރު އަންނަ ހަފްތާ ބުރާސްފަތި ދުވަހާ ހަމައަށް ދިގު ދަންމާލަން ވޯޓަށް އަހައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ތާއީދުކޮށް ވޯޓު ދެއްވީ 58 މެންބަރުންނެވެ. އަދި ދައުރު އިތުރަށް ދިގު ދަންމަން ދެކޮޅު ހެއްދެވީ ނުވަ މެންބަރެކެވެ.
މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ރިޔާސަތުން އިއުލާން ކުރި ނަމަވެސް އެއީ ކޮން ބިލްތަކެއްގެ ވާހަކައެއް ކަމެއް ވިދާޅެއް ނުވެ އެވެ.




