twitterviber whatsapp telegramfacebookyoutube instagram
19th August 2026

"ޕީޖީއޯ 2.0"އާ އެކު އަދުލު އިންސާފު ލިބުން އަވަސްވާނެ: އައްބާސް

Aug 19, 2026

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ "ޕީޖީއޯ 2.0" މަޝްރޫއު އެއްކޮށް ނިމުމުން އަދުލު އިންސާފު ގާއިމުކުރުމަށް ހޭދަވާ މުއްދަތު އަވަސްކުރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާގައި ވާހަކަދައްކަމުން އައްބާސް ވިދާޅުވީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މަޝްރޫއު ނިމުމުން އެ އޮފީހުގެ ކައުންޓަރުތަކުން ފޯރުކޮށްދޭ ހިދުމަތްތައް މުޅިން އޮންލައިން ވެގެންދާނެ ކަމަށާއި އެގޮތުން އީ-ދޮރޯށި އަދި އީފާސް މެދުވެރިކޮށް، އޮފީހަށް ހާޒިރުވާން ނުޖެހި 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތްތައް ލިބިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އެ މަޝްރޫއު ނިމުމުން އިލެކްޓްރޯނިކް ފައިލްތައް ސްކޭންކޮށްގެން ޕްރޮސެކިއުޓަރާ ހަމައަށް ވާސިލުވުމަށް ނަގާނީ އެންމެ 15 މިނެޓު ކަމަށް އައްބާސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސްކޭން ކޮށްގެން، އިލެކްޓްރޯނިކް ފައިލް ޕްރޮސެކިއުޓަރާ ހަމައަށް ދާއިރު 15 މިނެޓް ތެރޭ ހުރިހާ ކަމެއް ވެގެންދާނެ. އަޅުގަނޑުމެން އެންމެ އަވަހަށް ވެސް ވަގުތު ނަގާ މައްސަލަތައް 24 ގަޑިއިރު 48 ގަޑިއިރުން (ނިންމާ މައްސަލަތައް) ދުވަހެއްގެ ދެބައިކުޅަ އެއްބައިން (ދެން ނިމޭނެ)" އައްބާސް ވިދާޅުވި އެވެ.

"އޭގެ މާނައަކީ ހަ ގަޑިއިރު ތެރެއިން އެ މަސައްކަތް ކުރެވޭނެ. ބޮޑެތި މައްސަލަތައްވެސް ގިނަވެގެން 48 ގަޑިއިރު ތެރޭ އަޅުގަނޑުމެންނަށް ކޯޓަށް ފޮނުވޭ ވަރަށް މަސައްކަތް ކުރާނެ،"

އެ މަޝްރޫއު ނިމުމުން މުޅި އަދުލު އިންސާފުގެ ދައިރާއަށްވެސް ހަލުވިކަމެއް ލިބިގެންދާނެ އެގޮތުން މިހާރު ތަހުގީގު މަރުހަލާގައި ހުށަހަޅާ ލިއެކިއުންތަކަށް ކުރިން 5 ދުވަހުން ޖަވާބު ދެވޭ ލިއުންތައް އެ ދުވަހުން އެދުވަހަށް ޖަވާބު ދޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ. އެއާއެކު އަދުލު އިންސާފު ޤާއިމްކުރަން ހޭދަވާ މުއްދަތު ކުރުވެގެންދާނެކަން ޕީޖީ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355