twitterviber whatsapp telegramfacebookyoutube instagram
31st August 2026

ސައްހަ ނޫން ޑޮލަރުތަކެއް ގެންގުޅުނު އަންހެނަކު ތިން މަހަށް ޖަލަށް

ނަބީލާ އިސްމާޢީލް
Aug 30, 2026

ސައްހަ ނޫން ޑޮލަރުތަކެއް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއްގައި ގދ. ގައްދޫ، ދިލާވަރުގޭ ޝަފުރާ އަބްދުﷲ އާދަމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލި "އެނގިހުރެ ސައްހަ ނޫން އެއްޗެއްގެ ތެދުކަން ދައްކަން އުޅުމުގެ" ދައުވާއަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އިއްވީ 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ތަހުގީގު މުއްދަތުގައި ބަންދުގައި ހުރި 43 ދުވަސް އުނިކުރުމުން، ދެން ތަންފީޒު ކުރަންޖެހެނީ 2 މަހާއި 5 ދުވަހުގެ ޖަލު ހުކުމެކެވެ.

މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސައްހަ ނޫން ޑޮލަރުން ވިޔަފާރިކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޝަފުރާއާއި ހުސެއިން ޒައިދާން އަލީ އަދި އިތުރު ބަޔަކު ހައްޔަރުކުރި މައްސަލައެކެވެ. މި އޮޕަރޭޝަނުގައި ޝަފުރާގެ އަތުން ވަގު ޑޮލަރު ފެނިފައިވެއެވެ. ހުސެއިން ޒައިދާން އަލީވެސް މީގެ ކުރިންވެސް އެކި ފަހަރު މަތިން ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި ކަމުގެ ތުހުމަތު ކުރެވި ހައްޔަރުކޮށްފައިވާ މީހެކެވެ.

ޝަފުރާ އަބްދުﷲ އާދަމްއަކީ މީގެ ކުރިން ކުޑަކުއްޖަކަށް މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ފޮޓޯއާއެކު ހޯދަންވެސް އިއުލާންކޮށްފައިވާ އަންހެނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355