ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުން ދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
އެ އިދާރާއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުން އަންނާތީ އެ ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
🚨 މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން، ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން 🧼 ލައިގެން އަތް ދޮވުން އިތުރު ކުރައްވާ !
— Health Protection Agency (@HPA_MV) September 6, 2026
#prevention #AGE pic.twitter.com/hePGK5Ni3f
ބޭރަށް ހިންގުމުގެ އިތުރުން ގިނަގިނައިން ހޮޑުލެވުން، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވުން، ބޮލަށް އެނބުރުން އެރުން، އާދަޔާ ހިލާފަށް ކަރުހިއްކުން، އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން، ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރުހުރުން އަދި ކުޑަކަމުދެވޭ މިންވަރު މަދުވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ބޭރަށް ހިނގާނަމަ ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށާއި ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ފާހާނާ ބޭނުން ކުރުމަށް ފަހު ރަނގަޅަށް ސެނިޓައިޒް ކުރުމާއި އަލާމާތްތައް ނުފެންނަތާ 1 ދުވަސް ވަންދެން ސްކޫލަށް ނުފޮނުވުމާއި އަދި މަސައްކަތަށް ނުނިކުތުމަށް އެޗްޕީއެއިން ވަނީ އެދިފައެވެ.




