ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނާޒިމް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް އޭނާ މިއަދު އެ މަގާމުން ވަކިވެވަޑައިގަތް ކަން ރައީސް އޮފީހުން ކަށަވަރު ކޮށްދެ އެވެ.
ނާޒިމް ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީއެއްގެ މަގާމުގަ އެވެ. އެއަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.
ނާޒިމް އެ މަގާމުން ވަކިވީ ކައުންސިލް އިންތިހާބަށް ފަހު ކެބިނެޓަށް އައި ބަދަލުގެ ތެރެއިންނެވެ. އޭގެ ފަހުން އަނެއްކާވެސް ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ލެވަލްގަ އެވެ.
ނާޒިމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ.




