twitterviber whatsapp telegramfacebookyoutube instagram
20th May 2024

ޖަލާލުއްދީން ސުކޫލްގެ ކެޑޭޓް ކޯއަށް އަލަށް ގުޅުނު ކެޑޭޓުން ހުވާކޮށް 12 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފި

Jun 25, 2011

އަލީ އާދަމް

ޖަލާލުއްދީން ސުކޫލްގެ ކެޑޭޓް ކޯއަށް އަލަށް ގުޅުނު 20 ކެޑޭޓުން ހުވާކޮށް 12 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ.

ކެޑޭޓުން ހުވާކުރުމަށް އެ ސްކޫލް ގައި ރޭ ބޭއްވުނު ރަސްމިއްޔާތުގައި، ކެޑޭޓާއި އަލަށް ގުޅުނު ދަރިވަރުންނަށް ހުވާ ލައިދެއްވީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް ޢަލީ އާދަމެވެ. ހުވާލައިދިނުމުގެ ކުރިން އެބޭފުޅާވަނީ ހުވަޔާ ގުޅޭގޮތުން ކެޑޭޓުންނަށް މަޢުލޫމާތު ދެއްވާފައެވެ.  މީގެ އިތުރުން ހަތިޔާރާއި ހަވާލުވި އެކާވިސް އެޑޭޓުންނަށް މިރަސްމިއްޔާތުގައި ހަތިޔާރު ހަވާލު ކޮއްދެއްވީ އެމް.އެން.ޑީ.އެފްގެ ނޯދަން ރީޖަނަލް ކޮމާންޑަރ މޭޖަރ އަޙްމަދު ޖިހާދެވެ.

މިރަސްމިއްޔާތުގައި ބާރަ ކެޑޭޓަކަށް މަޤާމުގެ ކުރިއެރުން ދެވިފައި ވެއެވެ. އޭގެތެރޭގައި ލާންސް ކޯޕްރަލްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ދެ ކެޑޭޓުން، ޕްރައިވެޓް ގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ދެ ކެޑޭޓުން އަދި ޕްރައިވެޓް ގެ މަޤާމުން ލާންސް ކޯޕްރަލްގެ މަޤާމަށް އަށް ކެޑޭޓުންނަށް ވަނީ ކުރިއެރުން ދެވިފައެވެ. ކުރިއެރުން ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އަޕަރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ސަބްއިންސްޕެކްޓަރ އަހްމަދު ނަބީލެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ކެޑޭޓުންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ކެޑޭޓުގެ ހަރަކާތްތައް ފެށިގެން އައި ގޮތުގެ މަޢުލޫމާތު ދެއްވި އެވެ. މީގެއިތުރުން ކެޑޭޓް ފަދަ ޔުނިފޯމް ހަރަކާތް ތަކުން ކުދިން ގެ އަހުލާޤާއި ސުލޫކަށް އަންނަ ހެޔޮބަދަލާއި ކެޑޭޓްގައި އުޅޭ ދަރިވަރުން ނާއި ނޫޅޭ ދަރިވަރުންގެ އަހުލާޤާއި ސުލޫކުގެ ތަފާތު ތަކުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ. ޝަރަފްވެރި މެހެމާން ގެ ވާހަކަފުޅު ނިންމަވާ ލައްވަމުން ކެޑޭޓުން އެކުރި ހުވަޔާއި އެއްގޮތަށް އަމަލު ތައް ބެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ޣަފޫރު މޫސާގެ އިތުރުން ރަށުގެ އެކިއެކި މުޢައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނޯދަން ސެކަންޑަރީ ސްކޫލް ގެ ނަމުގައި 1998 ވަނަ އަހަރު ސުކޫލް ހުޅުވުން ފަހުން މެދުނުކެންޑި ކެޑޭޓްހަރަކާތް ސްކޫލްގައި ކުރިއަށް ދިޔަ ނަމަވެސް އޭރާއި އަޅާބަލާއިރު ކެޑޭޓް ހަރަކާތް ހީނަރުވަމުން އަންނަކަން އެ ސްކޫލުން ވެސް ހިތާމަޔާއި އެކު ފާހަގަ ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355