twitterviber whatsapp telegramfacebookyoutube instagram
11th February 2026

ކުޅުދުއްފުށީ އޮންލައިންގެ ކުރުވާހަކަ ލިޔުމުގެ މުބާރާތް މިއަދު ބާއްވައިފި

Jun 25, 2011

ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތް މިއަދު އެސްކޫލުގައި ބާއްވައިފިއެވެ.

ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލު ގުޅިގެން ބޭއްވި މި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 90 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މިމުބާރާތް އޮތީ މިއަދު ހެނދުނު ޖަލާލުއްދީން ސްކޫލުގައެވެ.

ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިއަންނަ ޖުލައި މަހުގެ ތެރޭގައި ބާއްވާނެ ކަމަށް ކުޅުދުއްފުށީ އޮންލައިންގެ މެނޭޖުމަންޓުން ބުނެއެވެ. މިމުބާރާތުގައި ބައިވެރިވި ދެ ކެޓެގަރީން ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ތިން ކުދިން ހޮވައި މުޅި މުބާރާތުން ހޮވޭ އެންމެ ރަނގަޅު 10 ވާހަކަ ކުޅުދުއްފުށީ އޮންލައިންގައި ޝާއިއު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355