twitterviber whatsapp telegramfacebookyoutube instagram
20th May 2024

ޑެންގޫހުން ޖެހިގެން ދިއްދޫއިން ކުޅުދުއްފުޓަށް ގެނައުމުގެ މަގުމަތީ ހަތަރު އަހަރުގެ ކުއްޖެއް މަރުވެއްޖެ

Jun 29, 2011

އަލީ އާދަމް

ޑެންގޫހުން ޖެހިގެން ދިއްދޫއިން ކުޅުދުށްފުއްޓަށް ގެނައުމުގެ މަގުމަތީ ހަތަރު އަހަރުގެ ކުއްޖެއް މަރުވެއްޖެ އެވެ.

ރާއްޖޭގައި މިދުވަސްވަރު އާދަޔާހިލާފު ބާރުމިނެއްގައި ފެތުރެމުން އަންނަ ޑެންގޫ ހުން ޖެހިގެން މަރުވީ ހއ މުރައިދޫ ރީފްވިއު އަހުމަދު ލިފްޝާން އެވެ. އެކުއްޖާ ކުޅުދުއްފުއްޓަށް ގެނައީ މުރައިދޫ ސިއްހީ މަރުކަޒުން ފަރުވާދިނުމަށްފަހު އެއަތޮޅު ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް ހާލުދެރަވާތީ މިއަދުގެ މެންދުރުގެ ވަގުތެއްގައި އެމަޖެންސީގައެވެ. މިއީ 48 ގަޑިއިރު ތެރޭ ޑެންގޫ ޖެހިގެން ރާއްޖޭން މަރުވި ހަތަރުވަނަ ކުއްޖާއެވެ.

ލިފްޝާން ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރ ޝީޒާ އިބްރާހިމް ވިދާޅުވީ، އޭނާ މަރުވީ ޑެންގޫ ހެމޮރޮޖިކް ޝޮކެއް ޖެހިގެން ނެވެ.

“ޑޮކްޓަރުންގެ ޓީމަކާއި އެކު އެމަޖެންސީގައި އެކުއްޖާ ކުޅުދުއްފުއްޓަށް ގެނެވުނީ، މިކޮޅަށް ގެނެވުން އިރުވެސް ވަނީ މަރުވެފަ” ޝީޒާ އިތުރަށް ވިދާޅުވިއެވެ.

ކުޅުދުއްފުށިން މިހާތަނަށް ޑެންގޫގެ މާގިނަ ކޭސް ތަކެއް ފެނިފައި ނުވިޔަސް، މިހާރުވެސް ދެ ބަލިމީހަކު އެޑްމިޓްކޮއްގެން ފަރުވާދެމުން އަންނަކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން މައުލޫމަތު ދެއްވައެވެ. މިސަރަހައްދުން މިހާތަނަށް އެންމެ ގިނައިން ޑެންގޫހުން ފެންނަމުން ދަނީ ހއ އަތޮޅުން ކަން އެފަރާތުން ފާހަގަކުރައްވައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ގިނަ ސަރަހައްދު ތަކެއްގައި ވަރަށް ހަލުއި ކަމާއިއެކު ޑެންގޫހުން ފެތުރެމުން އަންނަ ދުވަސް ވަރަކަށް ވުމާއިއެކު ކުޅުދުއްފުށީގެ ޕަބްލިކް ހެލްތް ޔުނިޓުން ވެސް އަންނަނީ ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި މަދިރި މަދުކުރުމަށް ތަފާތުގިނަ ހަރަކާތްތަކެއް ރާވަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355