twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި ހުންނަ ދިރާގުގެ އޮޕަރޭޝަން ސެންޓަރުން އިންތިޒާމުކޮށްގެން ގުޑިއެރުވުމުގެ ހަވީރެއް ބާއްވައިފި

Aug 12, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ހުންނަ ދިރާގު އޮޕަރޭޝަން ސެންޓަރުން އިންތިޒާމްކޮށްގެން މިއަދު ހަވީރު ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދުގައި ގުޑިއެރުވުމުގެ ހަވީރެއް ބާއްވައިފި އެވެ.

ކުޅުދުއްފުށީ ހުންނަ ދިރާގު ސެންޓަރުގެ މާކެޓިންގ އެންޑް ސޭލްސް އޮފިސަރ މުހައްމަދު އަބްދުﷲ ވިދާޅުވީ މިއީ ކުޅުދުއްފުށީ ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކޮށް އެއް ތަނަކުން މީހުން ފެނިދެނިވެ އެކުވެރި މާހައުލެއްގައި ގުޑިއެރުވުމުގެ ފުރުޞަތު ހޯދައި ދިނުމަށް ބޭއްވި ހަވީރެއް ކަމަށެވެ.

ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދެއްވަމުން މުހައްމަދު އަބްދުﷲ އިތުރަށް ވިދާޅުވީ ރަމަޟާން މަހުގެ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ހަވީރު ގުޑިއެރުވުން އޮންނާނެކަމަށެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށާއި ގުޑިއަރުވާ ސަރަހައްދަށް އައިސް ރަޖިސްޓްރީ ކުރުމުން ކޮންމެ ގުޑިއަކަށްވެސް ނަންބަރެއް ދޭނެ ކަމަށެވެ.

ދިރާގަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ކުޅުދުއްފުށި ބޮންތި މުހައްމަދު އުމަރު މިނޫހާ ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށީގައި ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގުޑި އެރުވުން މީގެ ކުރިން ވެސް އޮންނަ ކަމަށާއި އެހެންނަމަވެސްފަހަކަށް އައިސް މަޑުމަޑުން އެކަންތައް އުވިފައިވާ ކަމަށެވެ. އެހެންނަމަވެސް ދިރާގުން މިފެށި ހަރަކާތުގެ ސަބަބުން ޒުވާނުން މެދުގައި ގުޑިއެރުވުމުގެ ފޯރި އާލާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގުޑި އެރުވުމުގެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވާ މިހަރަކާތުގައި، މިއަދު ބައިވެރިވި ކުޅުދުއްފުށީ އާވާޒް އަލީ އާދަމް ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދެމުން ބުނީ މިފަދަ ކަމެއް ރަށުގައި ބޭއްވި މިއީ ފުރަތަމަ ފަހަރުކަމަށާއި ގުޑިއެރުވުމުގެ މިފަދަ ހަވީރެއް ބޭއްވި ކަމަށްޓަކައި ދިރާގަށް ޝުކުރު އަދާކުރާ ކަމަށެވެ.

ގުޑިއެރުވުމުގެ މިހަރަކާތް އޮންނާނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ހަވީރު 4:30 ން 5:30 އަށް ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355