twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭ މަރުކަޒުން ދިވެހި އުފެއްދުންތައް ދައްކުވައިދޭ މައުރަޒެއް ބާއްވަނީ

Aug 26, 2011

މަތި އުތުރު ސަރަޙައްދުގެ ގައުމީ އިދާރާގައި ހުންނަ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭ މަރުކަޒުން ދިވެހި އުފެއްދުންތައް ދައްކުވައިދޭ މައުރަޒެއް ހދ. ހަނިމާދޫގައި ބޭއްވުމަށް ރާވާފައިވާކަމަށް ބުނެފިއެވެ.

ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރ ނުވަތަ ބީޑީއެސްސީ އިން އިންތިޒާމް ކުރާ މިމައުރަޒު ހަނިމާދޫގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 20 އިން 22 އަށެވެ. އަދި މި މައުރަޒުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ލިމިޓެޑް ޖާގަތަކެއް ކަމަށާއި މިހާރު ހުޅުވިފައިވަނީ 50 ޖާގަކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ. މައުރަޒުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 15 ސެޕްޓެމްބަރ 2011 އެވެ.

މި ސަރަހައްދުގައި މުޅިން އަލަށް ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒުގައި ބައިވެރި ކުރެވޭ ތަކެތީގެ ކެޓެގަރީ ތަކުގެ ތެރޭގައި އަތްތެރި މަސައްކަތް ދައްކުވައިދޭ ބާވަތްތައް (ތުޑުކުނާ، ލިޔެލާ ޖެހުން، ނާށި އަދި ބޮލީގެ އުފެއްދުންތައް)، ދިވެހި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރެވޭ ބާވަތްތައް (ބޮނޑި، ހެދިކާ، ހަވާދު، އަލަ އަދި މަހުގެ ބާވަތްތައް)، ކުރެހުމާއި، ސްކަލްޕްޗާ، ސްޓޯން ކާވިންގ، ފެހުން ފަދަ މަސައްކަތް ދައްކުވައިދިނުން، ދިވެހި ސަޤާފީ ކުޅިވަރު އަދި އެންޓަރޓައިންމަންޓް ގައި އުޅުއްވާ ފަރާތްތައް ( ބޮޑުބެރު، ބަނޑިޔާ)، ދިވެހި ސަޤާފީ ހެދުމާއި، ޒީނަތްތެރިވާން ބޭނުން ކުރާ ތަކެތި އުފެއްދުން (ކަސަބު، އުޅާލި، ފައްޓަރުބައި، ފޭލި އަދި ދިގު ހެދުން ފަދް ތަކެތި އުފެއްދުން)، އަދި ރިސޯޓް ތަކަށް އެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ދައްކާލުން (ދަނޑުވެރި ތަކެތި ސަޕްލައިކުރުން، މެއިންޓެނެސް، ލޭބަރ، އެކްސްކަރޝަން ސަރވިސަސް) ކެޓެގަރީ ތަކުގެ ތެރޭގައި ހިމެނެއެވެ.

މަޢުރަޒުގެ ދުވަސްވަރު ބައިވެރިން ހަނިމާދޫގައި ތިބުމާއި ކެއުން އަދި ދަތުރު ފަތުރުގެ ކަންތައް ހަމަޖައްސަން ޖެހެނީ އަމިއްލައަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355