twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބައިސްކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒުވާނަކަށް އަނިޔާވެއްޖެ

Aug 27, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި މިރޭ އިރާކޮޅު ބައިސްކަލަކާއި ކާރެއްޖެހި އެކްސިޑެންޓްވެ 22 އަހަރުގެ ޒުވާނަކަށް އަނިޔާވެއްޖެއެވެ.

މިރޭ ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ކުޅުދުއްފުށީ ކަސްތޫރިގެ އަހްމަދު އަލީ (22 އަހަރު) އެވެ.

މިނޫހަށް މަޢުލޫމާތު ދެމުން އެކްސިޑެންޓްވި ޒުވާނާ އަހްމަދު އަލީ ބުނީ ރޯދަވީލުމަށް އޭނާގެ މަންމަގެ ގެއަށް ދިއުމުގެ މަގުމަތީގައި ކުޅުދުއްފުށީ ނަގިލި ކިޔާ ގެގެ ކަންމަތިން ކަމަށެވެ.

“ގޭ ކަންމަތިން އެމަގަށް ނުކުތްތަނުން ވަރަށް ބާރަށް ދުއްވާފައި ދިޔަކާރެއް ދުއްވަން ބައިސްކަލުގައި ޖައްސާފަ ދިޔައީ. އެއީ ކޮން ކާރެއްކަމެއް ނޭގޭ. އެކްސިޑެންޓް ވީމަވެސް އެކާރު މަޑުނުކޮށް ދިޔައީ” އަހްމަދު އަލީ ކިޔައިދިނެވެ.

މަންޒަރުދުއް ފަރާތަކުން ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދެމުން ބުނެފައިވަނީ އެކްސިޑެންޓްވި ކާރަކީ ހުދު ކުލައިގެ ކާރެއްކަމަށާއި އެހެންނަމަވެސް ބާރަށް ދުއްވާފައި ދިޔަ އެކާރުގެ ނަންބަރު ނޭގޭ ކަމަށެވެ.

އެކްސިޑެންޓްގައި ޒަހަމްވި އަހްމަދު އަލީގެ ވާތު ކަކުލާއި ފައިގެ ބޮޑުވައި އިގިއްޔަށް އަނިޔާވެ މިވަގުތު އަދި ހިނގަންވެސް ދަތިކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރު ނޭވާލުމަށްވެސް އުނދަގޫކަމަށް އަހުމަދުގެ ބޭބެ ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

އަހުމަދު އަލީ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަކަމށް މައުލޫމާތު ލިބެއެވެ.

މިއަދު ހިނގި މި އެކްސިޑެންޓް އެއްވެސް އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355